20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޓީމުގައި ލ.އަތޮޅު 7 ކުޅުންތެރިން

މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގައި ލ.އަތޮޅުގެ ހަތް ކުޅުންތެރިން ހިމެނިއްޖެ އެވެ.

ޤައުމީ ޓީމުގައި ލ.އަތޮޅުގެ ހަތް ކުޅުންތެރިން ހިމެނުނުއިރު، އޭގެތެރެއިން ފަސް ކުޅުންތެރިންނަކީ މާބައިދުއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެއީ އާމިނަތު އިބާ އިބްރާހިމް، އާމިނަތު މާނާ ނާޒިމް، އާމިނަތު ލަޔާ އިބްރާހިމް، ޢާއިޝަތު ލިވާ އިބްރާހިމް އަދި މަރިޔަމް ނުޒުހަތު އެވެ. މީގެއިތުރުން ޓީމުގައި ހިމެނިފައިވަނީ ގަމު، މަރިޔަމް ރިޝްފާ އާއި މުނޑޫ، މިންހަތު އަހުމަދު އެވެ.

މިއަހަރުގެ މުބާރާތް ކުރިޔަށްދަނީ މާލޭ، ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގަ އެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ކިރްގިސްތާން އާއި ނޭޕާލް އަދި ލަންކާ އެވެ. ފުރަތަމަ މެޗުން ރާއްޖެ ވަނީ ކިރްގިސްތާން ކައިރިން ބަލިވެފަ އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ރާއްޖެ ނިކުންނާނީ ލަންކާ އާ ދެކޮޅަ ށެވެ. އަދި ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ނޭޕާލް އާއެވެ.

ލ.އަތޮޅަކީ ވޮލީބޯޅައިގައި ފާހަގަކޮށްލެވޭ އަތޮޅެކެވެ. އެގޮތުން، ރާއްޖޭގެ އެންމެ ފުންނާބު އުސް ވޮލީބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، ޢާއިޝަތު މާޖިދާ އާއި ހައްވާ ރާޝިދާ އަކީ ލ.އަތޮޅު ދެ ކުޅުންތެރިންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Laamu
Laamu
2 years ago

Maayaa akee ves laamah nisbaiy vaa kulhuntherin eh..