ގަމުގައި ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުން ތުނޑީ ފުޓުބޯޅަ ދަނޑުގައި

Gamugai bodu jamaa'athugai eid namaadhu kurun Thundi football dhandugai

ލ. ގަމުގައި ބޮޑު ޖަމާއަތުގައި ފިޠުރު އީދު ނަމާދުކުރުމަށް ނިންމައިފިއެވެ.

ބޮޑު ޖަމާޢަތުގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ގަމު ތުނޑީ ފުޓްބޯޅަ ދަނޑުގައެވެ. އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 07:00 ގައެވެ. ބޮޑު ޖަމާއަތުގެ އިތުރުން އީދު ނަމާދު ކުރާނީ މަތިމަރަދޫ މަސްޖިދުލް ތަޢުބާ އަދި މުކުރިމަގު މަސްޖިދުލް ޛިކުރާގައެވެ.

ގަމު ތުނޑީ ސަރަހައްދުގެ މިސްކިތްތަކުގައި އީދު ނަމާދު ނުކުރުމަށް ނިންމާފައިވަނީ ބޮޑު ޖަމާޢަތަށް މީހުން ދިއުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެހެންނަމަވެސް، މޫސުން ތަން ނުދީފިނަމަ ބޮޑު ޖަމާއަތުގެ ބަދަލުގައި ގަމު ހުރިހާ މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެއެވެ.

މީގެކުރިން އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފިތުރު އީދުން ފެށިގެން އީދު ނަމާދުކުރަން ފަށަނީ ހެނދުނު 07:00 ގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted