ލަސާގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ!

LASA ge media partner akah Laamu MV!

ލާމު އެޕްކްސް ސްޕޯޓްސް އެކެޑެމީ (ލަސާ) ގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައިފިއެވެ.

ލަސާއާއި ލާމުއެމްވީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ލަސާގެ ހުރިހާ އަދާހަމައެެއް ލާމު އެމްވީ އިން ގެނެސްދޭނެއެވެ. އަދި ލަސާ ޕްރޮމޯޓްކުރުމަށް ލާމުއެމްވީ އިން ހަރަކާތްތެރިވާނެއެވެ. ލަސާ އިން މިހާރު ދަނީ ލާމު އެމްވީއާ ގުޅިގެން އެ އެކެޑެމީގެ ވީޑީއޯ ލަވައެއް ނެރުމަށް ތައްޔާރުވަމުންނެވެ.

މީގެއިތުރުން، ލަސާ އިން މިއަހަރަށް ރާވާފައި ހުރި ކަންތައްތަކުގެ ތެރޭގައި ލ. މާމެންދޫގައި ލަސާ އެކެޑެމީގެ ގޮތްޕެއް ހުޅުވުން ހިމެނެއެވެ. ހަމަމިއާއެކު، މިއަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މާލޭގައި އޮންނަ މައިލޯ އެކެޑެމީ ޗެމްޕިއަންޝިޕްގައި ވާދަކުރުން ހިމެނެއެވެ. އަދި ގަމު ކައުންސިލާއި ގުޅިގެން އެކެޑެމީގެ ތެރެއިން ބާއްވާ ބޮޑު މުބާރާތް ވެސް ހިމެނެއެވެ.

ކުދިންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ފޯރި އިތުރުކޮށް، ލާމު އަތޮޅުން ފުޓްބޯޅައަށް ހުނަރުވެރި ކުދިންތަކެއް އުފަންކުރުމަށްޓަކައި ލަސާ އެކެޑެމީއިން ދަނީ މަސައްކަތްކުރަމުންނެވެ. ލަސާ އެކެޑަމީ އިން 2023 ވަނަ އަހަރުގެ މާލޭގައި ބޭއްވި މައިލޯ ޗެމްޕިއަންޝިޕްގައި އެ އެކެޑެމީގެ 12 އަހަރުން ދަށުގެ ޓީމު ބައިވެރިވެ ވަނީ މުބާރާތުގެ ރަނަރއަޕްގެ މަގާމު ހޯދާފައެވެ. އަތި ތައިލޭންޣު އޮތް ސޮކަރ ލޭމްޕްގައިވެސް އެކެޑެމީއަށް ނިސްބަތްވާ ކުދިންތަކެއް ވަނީ ބައިވެރިވެފައެވެ.

ލަސާގެ ފުޓުބޯޅަ އެކަޑަމީގަައި މިވަގުތު 160 ކުދިން ތިބިއިރުު އެ އެކަޑަމީން ވަނީ މިއަަހަރުު ހޭންޑްބޯޅަވެސް ފަށާފައެވެ. މި ކުޑަ މުއްދަތުގެ ތެރޭގައި 68 ކުދިން ވަނީ ހޭންޑްބޯޅަ އެކަޑަމީގައި ބައިވެރިވެ، ތަމްރީން ހާސިލް ކުރަން ފަށާފައެވެ. އަދި މިދީ މުޅި ލ.އަތޮޅުގައި އޮތް އެންމެ ބޮޑު ސްޕޯޓްސް އެކަޑަމީ އެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments