ދިވެހި ޑޮކްޓަރުންގެ ހާާއްސަ ޓީމެއް ގަމު ރީޖަނަލް ހޮސްޕިޓަލަށް!

Dhivehi doctorunge haahsa team eh gamu regional hospital ah!

ލާމަސީލު ލާމު ސަރޖިކަލް ކޭމްޕަށް ދިވެހި ޑޮކްޓަރުންގެ ހާއްސަ ޓީމެއް ގަމު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރުމަށް ހަމަޖެހިއްޖެއެވެ.

މިއީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އަދި ހެލްތު މިނިސްޓްރީއިން ގުޅިގެން ބާއްވާ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށް ދާނީ މިއަންނަ މަހު 14 އިން ފެށިގެން 16 ގެ ނިޔަލަށެވެ. މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.

ލާމަސީލު ލާމު ސާރޖިކަލް ކޭމްޕުގައި ސްކްރީން ކުރާނެ ޑަކްޓަރުން:

ޑރ އަބްދުﷲ އުބައިދު ( އާންމު އޮޕަރޭޝަންތަކުގެ އަދި ލެޕްރޮސްކޮޕިކްގެ ހާއްސަ)

ޑރ އަލީ ނިޔާފް ( ސިކުނޑި އަދި ނާރުތަކުގެ އޮޕަރޭޝަންތަކުގެ ހާއްސަ)

ޑރ މުހައްމަަދު ވަހީދު (ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސަރޖަރީ)

ޑރ ސާދިމާ ރަޝީދު( ހޭނެއްތުމާއި އަދި ނުފިލާހުންނަ ތަދުތަކުގެ ހާާއްސަ)

ޑރ އިމްރާން މުހައްމަދު އާދަަމް (އާންމު އޮޕަރޭޝަންތަކުގެ އަދި ލެޕްރޮސްކޮސްްކޮޕިކްގެ ހާއްސަ)

ޑރ އިބްރާހިމް މިސްބާހް (ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކަށް ހާއްސަ)

ޑރ އާއިޝަތު އަޒްނާ އަލީ (ގޮހޮރުގެ އަދި ބެރިއެޓިކް ސަަރޖަރީގެ ހާއްސަ)

ޑރ މުހައްމަދު ޝިފާން (ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ)

ޑރ އަސަދު ޝަހީދު (ހޭނެއްތުމާއި އަދި ނުފިލާހުންނަ ތަދުތަކުގެ ހާއްސަ)

ސަރޖިކަލް ކޭމްޕްގައި ރަޖިސްޓަރ ވުމަށް ސްކްރީން ކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލް ގައި މިވަގުތު ތިބި ހާއްސަ ޑޮކްޓަރުންނަށް ދައްކައިގެން ސްކްރީން ކުރެވޭނެއެވެ. ސްކްރީން ކުރުން ކުރިއަށްދާނީ 22 ޖުލައި އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments