އިސްދޫގެ ލައިސެންސް ޓްރެކު ހުޅުވައި، “އޭ ޒޯން” ލައިސެންސް ދޫކުރަން ފަށައިފި
Isdhoogai "A zone" license track hulhuvai "A zone" license dhookuran fashaifi

ލ.އިސްދޫގައި ލައިސެންސް ޓްރެކުގެ ހިދުމަތް ރަސްމީކޮށް ފަށައި، “އޭ ޒޯން ލައިސެންސް” ދޫކުރަން ފަށައިފިއެވެ.
އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އިސްދޫގެ ތާރީހަށް އުުފާވެރި ދުވަހެއް ކަމަށެވެ. ހަލީލް އިތުރަށް ވިދާޅުވީ މި ހިދުމަތާއެކު ރަށުގެ ރައްޔިތުން ލައިސަންސު ނަގަން އުފުލަމުން އައި ތަކްލީފް ތަކާއި ކުރަމުން އައި ބޮޑު ހޭދަ އެތައް ގުނަ އަކުން ކުޑަ ވެގެން ދާނެ ކަމަށެވެ.
“މީ ކައުންސިލްގެ ދުރުވިސްނުމާއި އެކު ރަށުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފަށް ލިބިގެން ދިޔަ ކުރި އެރުމެއްކަން ޔަޤީން، މިމަސައްކަތް ކާމިޔާބު ކަމާއި އެކު ފެށުމުގަ ކައުންސިލަރުންނާއި، އެސްޖީ އަދި ކައުންސިލްގެ ހީވާގި މުވައްޒަފުންނާއި ރަށުގެ ލޮބުވެތި ރައްޔިތުންނާއި، ރަށުގެ މުއައްސަސާ ތަކާއި ލ.އަތޮޅު ޕޮލިސް އާއި މިނިސްޓްރީ އޮފް ޓުރާންސްޕޯޓު އެންޑް ސިވިލައިޒޭޝަންގެ ފަރާތުން ލިބިގެންދިޔަ އެހީތެރި ކަމަށް ފަށްފަށުން ޝުކުރު ދަންނަވަން.” ހަލީލް ވިދާޅުވިއެވެ.
އިސްދޫ ކައުންސިލުން ތަރައްގީ ކޮށްފައިވާ އޭ ޒޯން ލައިސަންސް ޓްރެކް ހުޅުވީ މިއަހަރުގެ ކުރީކޮޅުގައެވެ.