މާބައިދޫ “ކެރަންޑޫ” އިވެންޓުގެ ސަބަބުން މުޅި ލާމު އަތޮޅުގެ މަގުބޫލުކަން އިތުރުވެގެންދާނެ: ކައުންސިލް ރައީސް

Maabaidhoo "kerandoo" event ge sababun mulhi laamu atoll ge maguboolukan ithuruvegen dhaane: Council Raees

ލ. މާބާއިދޫައި މުޅިން އަލަށް ފަށާ ދިވެހި ސާފް ލީގުގެ “ކެރަންޑޫ”އިވެންޓްގެ ސަބަބުން މުޅި ލާމު އަތޮޅުގެ މަގުބޫލުކަން މިހާރަށްވުރެ ވެސް ބޮޑުވާނެކަމަށް މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމް ވިދާލުވެއްޖެއެވެ.

ކައުންސިލް ރައީސް ވިސާމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ސާފު ލީގު “ކެރަންޑޫ”ގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. ވިސާމް ވިދާޅުވީ އިވެންޓުގެ ތައްޔާރީތަކަށް ކައުންސިލާއި ޑަބްލިއުޑީސީގެ އިތުރުން ރަށުގެ މުއައްސަސާތަކާއި ރަށުގެ އަންހެން ކަނބަލުންނާއި ވަކިވަކި ފަރުދުންގެ އެއްބާރުލުން ލިބޭކަމަށެވެ. ވިސާމް ވިދާޅުވީ މިފަދަ މުބާރާތެއްގެ ސަބަބުން ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ.

“ލޯކަލް ޓޫރިޒަމަށް ދިއުމަށް ވިސްނާއިރު، ރަށް އިތުރަށް އިސްރާހުވެގެންދާނެ. ރަށުގެ އިކޮނޮމް އެކްޓިވީތަކާއި ވިޔަފާރިތައް ވަރަށް ރަނގަޅުވާނެ. ޖުމްލަކޮށް ރަށުގެ މަގްބޫލްކަން އިތުރުވެގެން ދާނެ.”

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ފަރާތުން ސައުތު އޭޝިއާގެ މަޝްހޫރު ސާފަރުން މުބާރަތުގައި ވާދަކުރާކަން ފާހަގަކޮށް ވިސާމް ވިދާޅުވީ މާބައިދޫ އަކީ ވެސް ސާފިންއަށް މަޝްހޫރު ރަށެއް ކަމަށާއި މުބާރާތުގެ ސަބަބުން އިތުރަށް މަޝްހޫރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

“ހަމައެކަނި މާބައިދޫއަކަށް ނޫން މީގެ ފައިދާ މިއަންނަނީ އެއް. މުޅި ލާމު އަތޮޅަށް. މުޅި ލާމު އަތޮޅުގެ މަގުބޫލުކަން އިތުރުވެގެންދާނެ.”

ވިސާމް ވިދާޅުވީ އުއްމީދުކުރަނީ މުބާރާތުގެ ސަބަބުން މިހާރަށްވުރެވެސް ރަށުގެ އެއްބައިވައިވަންތަކަށް އިތުރުވެ، ރަށުގެ ރައްޔިތުން މިހާރަށް ވުރެވެސް ތިމާވެއްޓަށް ހޭލުންތެރިވާނެ ކަމަށެވެ. ވިސާމް ވިދާޅުވީ ސާފް ލީގު މުބާރާތުގެ އިތުރުން އެރަށު ކައުންސިލުން ގުޅިގެން، ވައިޑީޕީ ޕްރޮގްރާމް އެއް ހިންގުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމްގެ ދަށުން، ކުދިންނަށް ސާފިން ދަސްކޮށްދިނުމާއި ތިމާވެއްޓާ ބެހޭ މައުލޫމާތު ދިނުން ކުރިއަށްދާނެ ކަމަށް ވިސާމް ފާހަގަކުރެއްވިއެވެ.

ވިސާމް އިތުރަށް ވިދާޅުވީ ކައުންސިލްގެ ފަރާތުން ރައްޔިތުން މިފަދަ ކަންކަން ބަލައިގަތުމަށް ވަރަށް ބޮޑަށް އެދޭ ކަމަށާއި ލާމު އަތޮޅުގެ އެހެން ރަށްތަކުންވެސް ލާމު އަތޮޅު ޕްރޮމޯޓްކުރުމަށް އެދޭ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments