ޒިއަމިން ލާމު މެރަތަން 2025 ގެ ރަސްމީ ކިޓް ސްޕޯޓްސް މިނިސްޓަރާ ހަވާލުކޮށްފި

Xiamen laamu marathon 2025 ge rasmee kit sports minister aa havaalukohfi

ޒިއަމިން ލާމު މެރަތަން 2025 ގެ ރަސްމީ ކިޓް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއުއާ ހަވާލުކޮށްފިއެވެ.

ޒިއަމިން ލާމު މެރަތަން 2025 އާ ގުޅޭގޮތުން، ސްޕޯޓްސް މިނިސްޓްރީއާ ބައްދަލުކޮށްފައިވާއިރު، މިނިސްޓަރ ރާފިއު އަށް ވަނީ ޒިއަމިން ލާމު މެރަތަންގައި ބައިވެރިވުމަށް ރަސްމީކޮށް ދައުވަތު އަރުއްވާފައެވެ.

ފައިސާގެ އިނާމުތަކާއެކު، ޒިއަމިން ލާމު މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 31 ވަނަ ދުވަހުގައެވެ. މިދިޔަ އަހަރު ވެސް މި މެރަތަން ބާއްވާފައިވާއިރު، 500 އަށް ވުރެ ގިނަ މީހުން ވަނީ މެރަތަން ގައި ބައިވެރިވެފައެވެ.

މި މެރަތަންގައި ކޮންމެ ކެޓެގަރީ އަކުން އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން ވަނީ ސިޓީސް މިނިސްޓަރ އާދަމް ޝަރީފަށްވެސް ކިޓް ހަވާލުކޮށް، މެރަތަންގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted