“ބަޔޯ ހެޒާޑް” ކުނި ނައްތާލުމަށް މާންދޫ ފިޝަރީޒް އިން ގަމު ރީޖަނަލް ހޮސްޕިޓަލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

'Bio-hazard' kuni nahthaalumah maandhoo fisheries in gamu regional hospitalaaeku MOU eh gai soe kohfi

“‘ބަޔޯ ހެޒާޑް” ކުނި ނައްތާލުމަށް މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ގަމު ރީޖަނަލް ހޮސްޕިޓަލާއެކު އެއްބަސްމުވެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މަގުސަދުގެ ތެރޭގައި ރައްކާތެރިކަމަށްޓަކައި ދެފަރާތުގެ އެއްބާރުލުން ގާއިމްކުރުން، މާންދޫ މެޑިކަލްގައި އުފައްދާ ބަޔޯ ހެޒާޑްސް ނުވަތަ ނުރައްކާތެރި ކުނި އެއްކުރުމާއި، ގެންދިއުމާއި، ނައްތާލުމުގެ މަސައްކަތް ކުރުމާއި، ޤައުމީ ސިއްހަތާއި، ރައްކާތެރިކަމާއި، ތިމާވެށީގެ ގަވާއިދުތަކަށް ތަބާވުން ހިމެނެއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ގައި އިއްޔެ ކުރިޔަށް ދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ގަމު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީއީއޯ އަބްދުލް ހަންނާން އަބްދުއް ރަހީމް އެވެ. އަދި މާންދޫ ފިޝެރީސްގެ ފަރާތުން ސޮއިކުރެއްވީ މެޑިކަލް އޮފިސަރ ހަސަން މޫސާ އެވެ.

މި ފަހުމުނާމާއާ ގުޅިގެން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޖެނެރަލް މެނޭޖަރ ވިދާޅުވީ މި އެއްްބަސްވުމުގެ ދަށުން މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ގަމު ރީޖަނަލް ހޮސްޕިޓަލާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެވެސް ހަރުދަނާ ވެގެން ދާނެ ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައިވެސް ގަމު ރީޖަނަލް ހޮސްޕިޓަލްގެ އެއްބާރުލުން އަބަދުވެސް ލިބޭ ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން، ބަޔޯ ހެޒާޑް ކުނި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ވަކިކުރުމާއި، ނައްތާލުމުގެ އުސޫލުތަކާ ބެހޭގޮތުން ފަންނީ އިރުޝާދު ދޭނެއެވެ. އަދި މާންދޫ މެޑިކަލް ސެންޓަރުގައި އުފެދޭ ބަޔޯ ހެޒާޑް ކުނި ރަނގަޅަށް ވަކިކޮށް، ޕެކޭޖްކޮށް، އަދި ވަގުތީ ގޮތުން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެއެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments