ހިތުގެ ދުވަހާއި ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލް އިން ހެލްތު ސްކްރީނިންގް އެއް ބާއްވަނީ

Hithuge dhuvahaai gulhigen gamu regional hospital in health screening eh baahvanee

ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން ލ.ގަމު ރީޖަނަލް ހޮސްޕިޓަލް އިން ހެލްތު ސްކްރީނިންގެ އެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސްކްރީނިގް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވިީރު 04:30 ގައި މުކުރިމަގު ބަނދަރު ސަރަހައްދުގައެވެ. ހިތުގެ ދުޅަހެޔޮކަން ދެނެގަތުމަށް ކުރިއަށްގެންސާ މި ހެލްތު ސްކްރީނިންގައި، ލޭގެ ޕްރެޝަރ ބެލުން، ލޭގައި ހަކުރު ހުރި މިންވަރު ބެލުން، އިސްކޮޅާއި ބަރުދަން ބެލުން، ބޮޑީ މާސް އިންޑެކްސް ބެލުން، ހަށިގަނޑު ސަރުބީ ހުރި މިންވަރު ބެލުން އަދި ސިއްހީ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ހިތުގެ ދުވަހާ ގުޅިގެން ބައެއް އިތުރު ހަރަކާތްތައްވެސް ރާވާފައެވެ. އެގޮތުން، ރޭ ވޮލީ މެޗެއް ކުޅެފައިވާއިރު މިރޭ ގަމު ކައުންސިލްގެ މުވައްޒަފުންނާއެކު ފުޓުބޯޅަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ މަހުގެ ހަވަނަ ދުވަހު ގަމު ކައުންސިލްގެ އަންހެން މުވައްޒަފުންނާއެކު ބަށި މެޗެއް ކުޅުމަށް ވަނީ ނިންމާފައެވެ.

ހިތުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ”ޑޯންޓް މިސް އަ ބީޓް“ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted