ކުރިއަށްއޮތް 3 ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ، ކަނޑުތައް ވެސް ގަދަވާނެ: މެޓް

Kuriah oiy 3 dhuvahu mulhi raahje ah vihsaara, kandu thah vea gadha vaane: Met

ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށްވެސް ވިއްސާރަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން، ލ އަތޮޅު ހިމެނޭހެން ބައެއް ހިސާބުތަކަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.

ހަމަމިއާއެކު, ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި,ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެ އިދާރާއިން ރާއްޖޭގެ އެކި ހިސާބަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

މީގެއިތުރުން, މުޅި ރާއްޖޭގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން, ރާޅުގެ އުސްމިނުގައި 4-6 ފޫޓު ހުންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ބޯކޮށް ވާރޭ ވެހުމާއި, ކަނޑުދަަތުރުފަތުރު ކުރުމުގައި ދިމާވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments