ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Laamaseelu laamu atoll volley mubaaraathugai baiverivumuge furusathu hulhuvaalaifi

ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތާކީ ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ލާމު އަތޮޅުގެ ކްލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވެވޭނީ ލ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކަށެވެ. މި މުބާރާތް ރާވާ ހިންގާނީ ހައްދުންމަތީ އަތޮޅު ކައުންސިލުންނެވެ.

މި މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުު 20 އިން ފެށިގެން 27 އަށެވެ. މުބާރާތް އޮންނާނީ ލ. ފޮނަދޫގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މުބާރާތުގެ ގަވާއިދުތައް ވަނީ ލާމު އަތޮޅު ކައުންސިލްގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ހިއްސާކޮށްފައެވެ.

އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ، ލާމަސީލު ލާމު އަތޮޅުގެ ވޮލީ ބޯޅަ މުބާރަތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރއަޕް އަށް ހޮވޭ ޓީމަކަށް 15،0000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި އިޖުތިމާއީ ގުޅުމާއި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވައި އަތޮޅުގައި ވޮލީ ބޯޅަ ކުރިއެރުވުން ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted