ގަމު ވޮލީ މުބާރާތުގެ ދެވަނަ މެޗު، އައިލެންޑް ޔޫތު، ބެސްޓް އަދި އައިލެންޑަރސް އަށް!
Gamu volley mubaaraathuge dhevana match island youth , best, adhi islanders ah!

ގަމު ވޮލީ ބޯޅަ މުބާރާތު އަންހެން ޑިވިޝަންގެ ދެވަނަ މެޗު އައިލެންޑް ޔޫތް ޔުނައިޓެޑް އަދި ބެސްޓް އިން ކާމިޔާބުކޮށްފައިވާއިރު، ފިރިހެން ޑިވިޝަންގެ ދެވަނަ މެޗު އައިލެންޑަރސް އިން ކާމިޔާބުކޮށްފިއެވެ.
އެގޮތުން، ދެވަނަ ދުވަހުގެ މެޗު އައިލެންޑް ޔޫތު އިން ވަނީ ފަސޭހަކަމާއެކު 3 ސެޓް އިން މޮޅުވެފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިލެންޑް ޔޫތް ޔުނައިޓެޑްގެ ޖާރޒީ ނަމްބަރު 17، ހައްވާ ފިއުރީންއެވެ. ދެން ކުޅުނު މެޗުގައި ވާދަކުރީ ބެސްޓް އަދި މާބާއިދޫ އޯލް ޔޫތް އެވެ. މި މެޗު ވެސް ބެސްޓް އިން ވަނީ އެންމެ ސެޓަކުން ވެސް ބަލި ނުވެ، 3 ސެޓު ކާމިޔާބުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެސްޓްގެ ޖާރޒީ ނަމްބަރ 13، އައިޝަރު ސަނާއަށެވެ.
ފިރިހެން ޑިވިޝަންގެ ދެވަނަ ދުވަހުގެ މެޗުގައި ވާދަކުރީ އައިލެންޑާރސް އަދި މާހިންނަ އެވެ. އައިލެންޑާރސް ވަނީ ފަސޭހަކަމާއެކު 3 ސެޓް ކާމިޔާބުކޮށް، މާހިންނަ ގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިލެންޑާރސް ގެ ޖާރޒީ ނަމްބަރު 14، މުހައްމަދު ނައުފަލްއެވެ.




