ފޮނަދޫގައި 100 ހައުސިން ޔުނިޓް އެޅުމަށް މަޖިލީސް ރައީސްގެ އާއިލާ ކުންފުންޏަށް!

Fonadhoo gai 100 housing unit elhumah Majlis raeesge Aailaa kunfunyah!

ލ. ފޮނަދޫގައި100 ހައުސިން ޔުނިޓް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އާއިލާ ކުންފުންޏެއް ކަމަށްވާ ވައިޓް ލިންކްސް އާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާ 200 އަށްވުރެ ތަރައްގީގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު ފޮނަދޫގެ 11 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ އާއިލާ ކުންފުންޏާއެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަކީ މަޖިލިސް ރައީސްގެ ދަރިކަނބަލުން ފާތިމަތު ސޮބާހާއެވެ. އަދި އަނބިކަނބަލުން ދިޔާނާ ހުސައިން އަކީ އެކުންފުނީގެ ޑިރެކްޓަރއެވެ.

މި މަޝްރޫއުގެ އަގަކީ139،295،700 (ސަތޭކަ ތިރީސް ނުވަ މިލިއަން، ދުއިސައްތަ ނުވަދިހަ ފަސް ހާސް، ހަތް ސަޓެކަ ރުފިޔާއެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ މަހުގައި ލާމު އަތޮޅަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން، އެ ދަތުރުފުޅުގައި ރައީސް ވަނީ ފޮނަދޫގެ ގިނަ މަޝްރޫއުތަކެއް އިއުލާނުކުރައްވާ، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައެވެ. އެގޮތުން ރައީސް ވަނީ ފޮނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ވެސް ފައްޓަވާދެއްވާފައެވެ.

މީގެއިތުރުން، ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ވެސް ރައީސް ފައްޓަވާދެއްވިއެވެ.ކޮންމެ ރަށަކަށް ވަޑައިގެން ރައީސް ވަނީ އެރަށެއްގައި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން މުއައްސަސާ ތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ވެސް ރައީސް ވަނީ ގިނަ މަޝްރޫއުތަކެއް ފައްޓަވައި، ނިމިފައިވާ މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments