ޑްރޯންގެ އެހީގައި އަތުލައިގަތް ލަންކާގެ ބޯޓުން ފެނުނީ މަސްތުވާތަކެތި!

Drone gee eheegai athulaigai lankaa ge boatun fenunee masthuvaathaketh!

ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި ސިފައިންގެ ޑްރޯންގެ އެހީގައި އިއްޔެ އަތުލައިގަތް ސްރީލަންކާގެ ބޯޓުގައި  300 ކިލޯއާ ގާތް ކުރާ އަދަދަކަށް މަސްތުވާތަކެތި ފެނިފައިވާކަމަށް ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ފުލުހުން ވަނީ އެ ބޯޓުތަކުން މަސްތުވާތަކެތި ފެނިފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއްް ނުކުރެއެވެ.ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަތީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހުގެ ރޭގަނޑު ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ، 15 މާރިޗު 2024 ގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted