ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފުލުުހުން

Fuluhunge belumuge dhashugai hunna thakethi gehlumakee balai ganeveyne kameh noon: Fuluhun

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ވިލިމާލޭ ޕޮލިސް ސްޓޭޝަން އިން  31 ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލައަކާ ގުޅިގެން، ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެ އިދާރާގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ. އެ ބަޔާނުގައި ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.

ފުލުހުން ބުނީ މިފަދަ ކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގައި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމަކަށްވާއިރު، މިކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ކުރަން ޖެހޭ އެންމެހާ ކަންކަން އެ އިދާރާއިން ކުރާނެ ކަމަށެވެ. ހަމަމިއާއެކު، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނެ ކަަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުގެ މައިގަނޑު އަމާޒަކީ، ފުލުހުންގެ ހިދުމަތުގައި ތިބޭ ހުރިހާ މުވައްޒަފުންނަކީ ވެސް ޖަވާބު ދާރީވުމާއި ނަޒާހާތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކު ދެމިތިބޭ އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމެއް ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments