ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި

Gamu regional hospitalge hithaanee campgai baiveri vaan hulhuvaalaifi

ލާމު ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.

މި ހިތާނީ ކޭމްޕަކީ ގަމު ރީޖަނަލް ހޮސްޕިޓަލާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް ގުޅިގެން ކުރިއަށް ގެންދާ ހިތާނީ ކޭމްޕެކެވެ. މި ކޭމްޕު ކުރިއަށްދާނީ މިއަންނަ ޖެނުއަރީ މަހު ދެވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހާއި ހަމައަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.

މި ކޭމްޕުގައި ރަޖިސްޓަރ ކުރުމަށް ގުޅާނީ 6800026 ނަމްބަރަށެވެ. މި ކޭމްޕުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސްގެ ފަރާތުން ހަރަކާތްތެރިވާނީ ޑރ މުހައްމަދު ވަހީދު އަދި ޑރ އަބްދު ﷲ އުބައިދުއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް އިން ބުނީ ގަމު ރީޖަނަލް ހޮސްޕިޓަލާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް ގުޅިގެން ކުރިއަށް ގެންދާ ދަރުމަވެރި ޚިތާނު ކޭމްޕް ގައި ބައިވެރިވުމަކީ ސާޖަނުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted