ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަނީ

Juvaa kulhumakee jinaaee kushehge gothugai kanda alhanee

ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެލޫމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުން މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

ޖުވާ ކުޅުމަކީ އިސްލާމުދީނުގައި ހަރާމްކޮށްފައިވާ ކަމަކަށްވީ ނަމަވެސް، ރާއްޖޭގެ ގިނަ ބަޔަކު ވަނީ އޮންލައިން ޖުވާގެ ޝިކާރައަށްވެފައެވެ. ރާއްޖޭގައި ޖުވާ އިންތިހާއަށް އާންމުވެފައިވާއިރު، ފުލުހުންނާއި ކަމާއި ބެހޭ އިދަރާތަކުން ދަނީ މިކަން ހުއްޓުވުމަށް މަސައްކަތްކުރަމުންނެެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted