މިމަހުގެ 12 ގެ ކުރިން ރޯދަ އިނާޔަތް ދިނުމަށް އަންގައިފި

Mi mahuge 12 ge kurin roadha inaayaiy dhinumah angaifi

މިއަހަރުގެ ރޯދަ އިނާޔަތް މިމަހުގެ 12 ގެ ކުރިން ދިނުމަށް  ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ،  ހުރިހާ ސަރުކާރު އޮފީސްތަކުންވެސް ރޯދަ އިނާޔަތް 3000 ރުފިޔާއަށް ވުރެ އިތުރުނުކޮށް، މިމަހުގެ 12 ގެ ކުރިން ދިނުމަށެވެ.

މިނިސްޓްރީގެ ސާރކިއުލާގައި ބުނީ، ރޯދަ މަސް ފެށޭ އިރު، އޮފީސްތަކަށް ހިދުމަތް ނުލިބޭ ގޮތަށް ޗުއްޓީއާއި ސްކޮލާރޝިޕް އދި ‘ނޯޕޭ ‘ލީވްގައި ތިބޭ މުވައްޒަފުންނަށް ވެސް ރޯދަ އިނާޔަތް ނުދިނުމަށެވެ.

މިނިސްޓްރީއިން ބުނީ އެއް އޮފީހަށް ވުރެ ގިނަ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތް ދިނުމަށެވެ.

ކަލަންޑަރުގައިވާ ގޮތުން، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ، ފެބްރުއަރީ 18 ވަނަ ދުވަހުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments