ވިއްސާރައާ ގުޅިގެން ދިމާވެދާނެ ހާދިސާތަކަށް ސަމާލުވެ ތިބުމަށްް ގަމު ކައުންސިލުން އިލްތިމާސްކޮށްފި

Vihsaara aa gulhigen dhimaavedhaane haadhisaa thakh samaal ve thibumah gamu council in ilthimaas kohfi

ވިއްސާރައާ ގުޅިގެން ދިމާވެދާނެ ހާދިސާތަކަށް ސަމާލުވެ ތިބުމަށް ގަމު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ގަމު ކައުންސިލުން ބުނީ، މިހާރު ކުރަމުން މި ދާ ވިއްސާރައާ ގުޅިގެން ފެންވަނުންފަދަ ހާދިސާތަކުން ސަލާމަތްވެ ތިބުމަށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖެހުން ފަދަ ސަލާމަތީ ފިޔަވަޅު އެޅުއްވުމަށް ސަމާލުކަންދެއްވުމަށެވެ.

އަދި ހާދިސާތައް ދިމާވާ ފަރާތްތަކުން ވީހާވެސް އަވަހަށް ރިޕޯޓް ކުރެއްވުމަށް  ގަމު ކައުންސިލުން ވަނީ އެދިފައެވެ.

ގަމު ކައުންސިލުން ބުނީ، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުމުގެ ފޮޓޯ އަދި ވޯޑިއޯ، ގޭގެ އެޑްރެހާއި ވެރިފަރާތް އެނގޭނެހެން ކައުންސިލްގެ އިކޮނޮމިކް ސެކްޝަންގެ ނަމްބަރ 7681515 އަށް ވައިބަރ ކުރުމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް، ވިއްސާރަ ވާނެ ކަމަށެވެ. އެގޮތުން، ބޯކޮށް ވާރޭވެހުމާއެކު، ގުގުރާނެކަމަށް ލަފާކޮށް އދ އަތޮޅުން އައްޑޫ އަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments