މެދުއިރުމަތީގެ ހަމަލާތަކާއި ގުޅިގެން ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލައިފި

Medhu irumatheege hamalaa thakaai gulhihen vazeerunge committee eh ekulavaalaifi

މެދުއިރުމަތީގައި ހިނގަމުންދާ ހަމަލާތަކާއި ގުޅިގެން ހާއްސަ ވަޒީރުންގެ ކޮމެޓީއެއް ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން  ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ހާއްސަ ކޮމެޓީއެއް އުފައްދާފައިވާ ކަމަަށެވެ.

އެ ކޮމެޓީގެ ނުވަ ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. އެއީ؛

‏1. ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް  (ކޮމިޓީގެ ޗެއަރ)

‏2. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން

‏3. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު   

‏4. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު

‏5. ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން

‏6. ހޯމް މިނިސްޓަރ ޢަލީ އިޙްސާން

‏7. ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް

‏8. ހަޔަޜއެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު

‏9. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ހީނާ ވިދާޅުވީ، އެ ވުޒާރާތަކުން ކަމާ ގުޅޭ އެންމެހާ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments