މާވަށު ޑަބްލިއުޑީސީގެ މެންބަރުގެ ގޮނޑީގެ ވޯޓުވެސް އެއްވަރު: ދެވަނަ ބުރު ހޮނިހިރު ދުވަހު!

Maavashu WDC ge member ge gondeege vote ves ehvaru: dhevana buru honihiru dhuvahu!

ލާމު މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ހިމެނޭހެން، 5 ގޮނޑިއެެއްގެ ވޯޓު ހަމަހަމަވެގެން، ދެވަނަ ބުރެއް މިއަންނަ ހޮނިހިރު ދުވަހުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންސް އިން ނިންމައިފިއެވެ.

އީސީ އިން ވަނީ އިންތިހާބުގެ ދާއިމީ ނަތީޖާތައް ރަސްމީ ވެބްސައިޓްގައި އިއުލާނުކޮށްފައެވެ. އެގޮތުން، ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑި އަދި ޑަބްލިއުޑީސީގެ ތިން ގޮނޑިއާ އެކު ޖުމްލަ ފަސް ގޮނޑިއެއްގެ އިންތިހާބު މިއަންނަ ހޮނިހިރު ދުވަހުގައި ބާއްވާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ. އެއީ؛

1. ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި؛ ޕީއެންސީ ކެންޑިޑޭޓު އައިޝަތު މުނާ އާއި އެމްޑީޕީ ކެންޑިޑޭޓު އާމިނަތު ރަފާހް
2.ފުވަމުއްލަކު ދަނޑިމަގު ދާއިރާ؛ ޕީއެންސީ ކެންޑިޑޭޓު އައިޝަތު އަބްދުލް ގާދިރު އާއި އަމިއްލަ ކެންޑިޑޭޓު ޝިޒާ އިބްރާހިމް
3.ހއ. ކެލާ ޑަބްލިއުޑީސީ ރައީސް؛ އެމްޑީޕީ ކެންޑިޑޭޓު މަހުދިއްޔާ އާދަމް އާއި ޕީއެންސީ ކެންޑިޑޭޓު ހައްވާ ފަޒްނާ
4.ހދ. ނޭކުރެންދޫ ޑަބްލިއުޑީސީ މެންބަރު؛ ޕީއެންސީ ކެންޑިޑޭޓު ފާތިމަތު ރިއުޒާ އާއި އަމިއްލަ ކެންޑިޑޭޓު ފާތިމަތު ނިޝާދާ
5.ލ. މާވަށް ޑަބްލިއުޑީސީ މެންބަރު؛ ޕީއެންސީ ކެންޑިޑޭޓު ފާތިމަތު ޝަފިއްޔާ އާއި އެމްޑީޕީ ކެންޑިޑޭޓު މަރިޔަމް މާއިޝާ

މި އިންތިހާބުގައި ވޯޓުލާ މަރުކަޒުތައް ގާއިމުކުރާނީ، ވޯޓުލާ ދާއިރާތަކުގެ ރަށުގެ އިތުރުން މާލޭ ސިޓީގައެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ވެސް ފުރަތަމަ ބުރުގެ އިންތިހާބެކޭ އެއްގޮތަށް ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ މިއަންނަ އާދީއްތަ ދުވަހުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments