ފޮނަދޫ ލިންކު ރޯޑުގައި ކާރެއް ކޮންޓްރޯލުން ނެއްޓި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Fonadhoo link road gai car eh control in netti nurakkaatheri accident eh hingaifi

ފޮނަދޫ ލިންކު ރޯޑުގައި މިއަދު މެންދުރުފަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރެއް ކޮންޓްރޯލުން ނެއްޓި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 3:00 ހާއިރު، ކައްދޫ ކޮޅުން ފޮނަދޫއަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ބާރު މިނުގައި ދުއްވާފައި ދިޔަ މި ކާރު ކޮންޓްރޯލުން ނެއްޓި ފުރަތަމަ ޖެހިފައިވަނީ މަގުގެ މެދުގައި އޮންނަ ބެޑްގައެވެ. ކާރު ހުއްޓިފައިވަނީ ގާތްގަނޑަކަށް 50 ވަރަކަށް ފޫޓު ދުރުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިދައިއެވެ.

މި ހާދިސާގައި ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެ ބޭނުންނުކުރެވޭ ވަރު ވެފައެވެ. އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ދެ މީހުން ދަތުރުކުރަމުން ދިޔަ ނަމަވެސް، އެއާރ ބޭގް ހުރުމުގެ ސަބަބުން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ލިންކު ރޯޑުގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މަގަކީ ބާރު މިނުގައި އުޅަނދުތައް ދުއްވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދޭތެރެދޭތެރެއިން ހިނގާ މަގަކަށް ވުމާއެކު، ދުއްވާ ފަރާތްތަކުން މަގުގެ ސަލާމަތަށް އިތުރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments