ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކުޅިވަރުތަކާއެކު ގަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ!

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ގަމުގައި ހުރި މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ކުޑަކުދިންގެ ހަވީރެއް މޭ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
ޖުމްލަ 12 ފަރާތެއް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ހަވީރުގައި ކުޑަކުދިން ގަޔާވާނޭ ފަދަ ތަފާތު އެކި ކުޅިވަރުތައް ކުޅެވެން ހުންނާނެ ކަމަށް ގަމު ކައުންސިލުން މަޢުލޫމާތު ދެއެވެ. އެ ގޮތުން ގަމު ކައުންސިލާއި، ލާމު ފުލުހުންނާއި، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ އާާއި، ގަމު ރީޖަނަލް ހޮސްޕިޓަލާއި، އެމްއެންޔޫ ގަމު ކެމްޕަހާއި، ބިޒްކޯ ކިޑްސް ޕްރީސްކޫލާއި، ސްޓަރ ޖަމިއްޔާ އާއި، އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސްއާއި، ރަސްހިންނެ އެސް.ސީ އާާއި، ގޯޅި ސްޕޯޓްސް ކުލަބާއި، ބީއިން އެންކަރޭޖިން ސޮސައިޓީ ފޯރ ތުނޑި އަދި އެޓޯލް ބާސްކެޓްބޯޯލް އެކެޑަމީގެ ސްޓޯލްތައް މި ހަވީރުގައި ހުންނާނެއެވެ. އަދި މި ހަވީރުގެ އެންމެ ޚާއްޞަ ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުތައް ޚާއްސަ ވުމެވެ. މި ހަވީރު އޮންނާނީ މޭ 10 ވަނަ ދުވަހު ހަވީރު ތުނޑީ އަވަށު ފުޓުބޯޅަ ދަނޑުގައެވެ.
ގަމު ކައުންސިލުން އިންތިޒާމު ކުރާ މި ހަރަކާތް ހުށަހަޅައިދެނީ ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) ޖަމިއްޔާއިންނެވެ. މި ހަވީރުގެ ޕްރިންޓިންގ ޕާޓްނަރ އަކީ އިންކްޑް މޯލްޑިވްސްއެވެ.