އިސްދޫ-ކަލައިދޫ އަދި ދަނބިދޫގެ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި
Isdhoo- Kalaidhoo adhi dhanhidhoo course way ge amalee masakkaiy fashaifi

އިސްދޫ-ކަލައިދޫ އަދި ދަނބިދޫ އާއި ގުޅުވާލުމަށް ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ވިދާޅުވީ،ފެނިގެން މިދަނީ އިސްދޫ-ކަލައިދޫ އަދި ދަނބިދޫގެ ރައްޔިތުންގެ ޒަމާންތަކެއްވީ އެންމެ ބޮޑު އެއް ހުވަފެނުގައި ހަޤީޤީ ކުލަ ޖެހިގެން ދާން ފެށިކަމުގެ މަންޒަރު ކަމަށެވެ.
އިސްދޫ-ކަލައިދޫ ދަނބިދޫ އާއި ގުޅުވާލެވޭ ކޯޒްވޭގެ ފުރަތަމަ ބްލޮކްސް ތަށް އަތުރާލުން ފެށިގެން ކުރިޔަށް އެބަދާ ކަމަށް މެންބަރު ވިދާޅުވިއެވެ
މި ހުވަފެނުގައި ހަޤީޤީ ކުލަ ޖެހިގެން މިދަނީ އަދުގެ ރަައީސް ވަކި ރަށެއް ތަފާތު ކުރުމެއްނެތި ތަރައްޤީ ގެނެއުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިންކަން ކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.
މިކަމަށްޓަކައި މެންބަރު ވަނީ ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފައެވެ.




