ލާމު އެމްވީ ގެ ‘ކެނޑިޑޭޓް 2026’ ޕްރޮގްރާމްގައި ޕީއެންސީގެ ކެނޑިޑޭޓުން ބައިވެރިއެެއް ނުވި!
Laamu mv ge 'candidate 2026' programme gai PNC candidate in baiveri eh nuvi!

“ލާމު އެމްވީ” އިން ލޯކަލް ކައުންސިލް އަދި އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީގެ އިންތިހާާބާއި ދިމާކޮށް ކުރިއަށްގެންދާ ‘ކެނޑިޑޭޓް 2026’ ޕްރޮގްރާމްގައި ޕީއެންސީގެ އެއްވެސް ކެނޑިޑޭޓަކު ބައިވެރިއެއް ނުވިއެވެ.
ލާމު އެމްވީ އިން ވަނީ މި ޕްރޮގްރާމްގެ ތަފްސީލު ހަފުތާއެއް ކުރިން، ވާދަކުރައްވާ ހުރިހާ ފަރާތްތަކުގެ ކެމްޕެއިނު މެނޭޖަރަށް މައުލޫމަތު ދީފައެވެ. އެހެންނަމަވެސް، ޕްރޮގްރާމްގެ ދައުވަތަށް ހަމައެކަނި އިޖާބަ ދީފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އިން އެކަނިއެވެ. ޕީއެންސީގެ އެއްވެސް ކެނޑިޑޭޓަކު ޕްރޮގާމްގައި ބައިވެރިވާން ނުކެރުނީ ކީއްވެކަމެއް މި ނޫހަކަށް އެނގިފައެއް ނުވެއެވެ.
މި ޕްރޮގްރާމްގައި ޕީއެންސީގެ އެއް ކެނޑިޑޭޓަކު ބައިވެރިވާން މަސައްކަތްކުރިއެވެ. އެހެންނަމަވެސް، ޕީއެންސީގެ އެހެން އެއްްވެސް ކެނޑިޑޭޓަކު ބައިވެރިނުވާ ކަމަށް ބުނެ، ފަހުން ވަނީ ބައިވެރިނުވާގޮތަށް ނިންމާފައެވެ.
މި ޕްރޮގްރާމްގައި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރެއްވި މަރިޔަމް ނީނާ ،އެމްޑީޕީ ކެނޑިޑޭޓު ފާތިމަތު އަލީ ގަމު އަންހެނުން ކޮމެޓީގެ މެންބަރު ފާތިމަތި އަލީ، ގަމު ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް އެމްޑީޕީ ކެނޑިޑޭޓް ސަލްމާ އުމަރު،ގަމު ކައުންސިލްގެ ރައީސް ކަމަަށް އެމްޑީޕީ ޓިކްޓްގަައި ވާދަކުރެއްވި، އަފްސަލް ޖައުފަރު، އަންހެނުންގެ ތަރައްގިީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލެއްވި އެމްޑީޕީ ކެނޑިޑޭޓު މަރިޔަމް އިސްމާއީލް ،ގަމުއަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް މިފަހަރު ވާދަކުރެއްވި އެމްޑީޕީ ކެނޑިޑޭޓް ވެސް ވަނީ ބައިވެރިވެފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމަށް؛
މަރިޔަމް ނީނާ – ކެނޑިޑޭޓު ނަންބަރު 1 ( އެމްޑީޕީ).
ފާތިމަތު މޫސާ- ކެނޑިޑޭޓު ނަންބަރު 2 ( ޕީއެންސީ)
ކައުންސިލް މެންބަރުން (އަންހެނުން) ؛
ސަލްމާ އުމަރު – ކެނޑިޑޭޓު ނަންބަރު 3 (އެމްޑީޕީ)
ފާތިމަތު އަލީ- ކެނޑިޑޭޓު ނަންބަރު 4 (އެމްޑީޕީ)
މަރިޔަމް އަނީސާ- ކެނޑިޑޭޓު ނަންބަރު 5 (ޕީއެންސީ)
ތަހުމީނާ އަލީ – ކެނޑިޑޭޓު ނަންބަރު6 (ޕީއެންސީ)
ކައުންސިލް މެންބަރުން( ފިރިހެނުން)
އިބްރާހީމް ރަޝީދު ، ކެނޑިޑޭޓު ނަންބަރު 7 ( އެމްޑީޕީ)
އަބްދު الله ޝުއާއު ކެނޑިޑޭޓު ނަންބަރު 8 ( އެމްޑީޕީ)
ޝާހިދު މުހައްމަދު، ކެނޑިޑޭޓު ނަންބަރު 9 (ޕީއެންސީ)
އަސްލަމް މުހައްމަދު ، ކެނޑިޑޭޓު ނަންބަރު 10 ( ޕީއެންސީ)
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން
އަނީސާ އަލީ ، ކެނޑިޑޭޓު ނަންބަރު 3 (އެމްޑީޕީ)
މަރިޔަމް އިސްމާއީލް ، ކެނޑިޑޭޓު ނަންބަރު 4 (އެމްޑީޕީ)
ފާތިމަތު ރަޟިއްޔާ ، ކެނޑިޑޭޓު ނަންބަރު 5 ( އެމްޑީޕީ)
އާއިޝަތު ސަނާ ، ކެނޑިޑޭޓު ނަންބަރު 6 (ޕީއެންސީ)
ނަހުލާ އަބޫބަކުރު ، ކެނޑިޑޭޓު ނަންބަރު 7 (އެމްޑީޕީ)
ފާތިމަތު ރަޝީދާ ، ކެނޑިޑޭޓު ނަންބަރު 8 (ޕީއެންސީ)
އާމިނަތު ދުންޔާ ، ކެނޑިޑޭޓު ނަންބަރު 9 (ޕީއެންސީ)
ނައުޝާ ޚާލިދު ، ކެނޑިޑޭޓު ނަންބަރު 10 (ޕީއެންސީ)




