މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ، 25 ރަބަރު ޕެކެޓާއެކު ހިތަދޫ އިން މީހްކު ހައްޔަރުކޮަށްފި

Masthuvaathakethi kamah shahku kurevey, 25 rabaru packet aa eku hithadhoo hi meehaku hayyaru kohfi

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ.ހިތަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ހިތަދޫ / މުރިގު، ޙަސަން ސަހުމީނު (22އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 19 ވަނަ ދުވަހު ހިތަދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 25 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން ޙަސަން ސަހުމީނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments