މަގު ސާފު ކުރަން ހުޅުވާލި ”ޕޫލަށް“ ބޮޑު ތަރުހީބެއް!

ގަމުގެ މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކުރާނެ މީހުން ހޯދުމަށް ހުޅުވާލި ”ޕޫލް“ ގައި ދެ ދުވަސް ތެރޭގައި ސަތޭކައަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެއްޖެއެވެ.

މަސައްކަތް ކުރާ ކޮންމެ ގަޑި އަކަށް 75ރުފިޔާ ލިބޭ ގޮތަށް ހަމަޖެހިފައިވާ މަގު ސާފު ކުރުމުގެ މަސައްކަތް ކުރަން ޖެހެނީ ހަފުތާއަކު ހަ ދުވަހު، ކޮންމެ ދުވަހެއްގައި ހަތަރު ގަޑިއިރުގައެވެ. އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހަށް ”ޕޫލް“ ގައި ރަޖިސްޓްރީވުމުގެ މުއްދަތު ހަމަ ވާއިރު އަދި ވެސް ދަނީ ގިނަ ބަޔަކު ރަޖިސްޓްރީވަމުން ކަމަށް ގަމު ކައުންސިލުން މަޢުލޫމާތު ދެއެވެ.

މީގެ ކުރިން ގަމުގެ ބޮޑެތި މަގުތަކާއި  އިޖުތިމާޢީ ސަރަޙައްދުތައް  ސާފު ކުރަމުން އައީ އެސްޓިމޭޓު އުސޫލުން އެކި ފަރާތްތަކާއި ހަވާލުކޮށްގެންނެވެ. އެ ގޮތުން 92 ސަރަހައްދެއް އެސްޓިމޭޓު އުޞޫލުން އެކި ފަރާތްތަކާއި ހަވާލުކޮށްގެން ސާފު ކުރަމުން އައި ކަމަށާއި، މި އުޞޫލުން މަގު ސާފު ކުރުމުގެ ކަންކަން ބަލަހައްޓާއިރު ތަފާތު އެކި  ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށާއި، މަގު ސާފު ކުރުމުގެ މަސައްކަތަށް މި ބަދަލު ގެންނަން ޖެހުނީ މި ސަބަބާއި ހުރެ ކަމަށް ވެސް ގަމު ކައުންސިލުން މަޢުލޫމާތު ދެއެވެ.

މަގު ކުނިކަހައި ސާފު ކުރުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ގަމު ކައުންސިލުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
މުއްދަތު މިހާރުވަނީ މެއި 13 ކުރުކޮށްފަ
މުއްދަތު މިހާރުވަނީ މެއި 13 ކުރުކޮށްފަ
11 months ago

އަލީ