ފޮނަދޫ ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ ދެވަނަ ދައުރަކަށް!

Fonadhoo council adhi Anehnunge committee dhevana dhaurakah!

ލާމު ފޮނަދޫ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ޕީއެންސީއިން ކާމިޔާބުކޮށް ހުރިހާ މެމްބަރުން 2 ވަނަ ދައުރަކަށް އިންތިހާބު ވެއްޖެއެވެ.

އެގޮތުން ފޮނަދޫ ކައުންސިލް ރައީސްގެ ފަސްވަނަ ދައުރުގެ ގޮނޑި ބޮޑު ތަފާތަކުން މިހާރުވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރިޔާޒް ވަނީ ކާމިޔާބު ކުރައަވާފައެވެ، ޕީއެންސީ ކެނޑިޑޭޓް ރިޔާޒް ޖުމުލަ 938 ވޯޓާއެކު، އެމްޑީޕީ ކެނޑިޑޭޓް އިބްރާހީމް އަހުމަދު ވަނީ ބަލިކުރައްވާފައެވެ. އިބްރާހީމް އަހުމަދު އަށް ލިބުނީ ޖުމުލަ465 ވޯޓެވެ.

މީގެއިތުރުން، ކައުންސިލްގެ މެންބަރުކަމަށް ހޮވިފައިވަނީ ޕީއެންސީގެ ދެ ކެނޑިޑޭޓުން ކަމަށް އަބްދުލް ރައޫފް ޔޫސުފް އަދި އަހުމަދު މަމްދޫހެވެ. އަންހެނުންގެ ގޮނޑި ކާމިޔާބުކުރެއްވީ، ޕީއެންސީގެ އާއިޝާތު އަޒީމާ އަދި ވަރުދާ ހުސައިންއެވެ.

ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އަކަށް ހޮވުނީ ޕީއެންސީ ކެނޑިޑޭޓް އާއިޝަތު ރިޝްމާއެވެ. އެ ކޮމެޓީގެ މެންބަރުންނަށް ހޮވުނީ، އާމިނަތު ރާފިއާ، އާއިޝަތު ޒޫނާ، ޝަކީލާ އަލީ، މަލަކާ މޫސާ އެވެ. މި ހުރިހާ އެންމެނަކީ ވެސް ޕީއެންސީއަށް ނިސްބަތްވާ ކަނބަލުންނެވެ.

އީސީގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ފޮނަދޫ ދާއިރާއަށް ވޯޓުލމުގެ ހައްގު 2000 އަށް ވުރެ ގިނަ މީހުންނަށް ލިބެއެވެ. އޭގެތެރެއިން ވޯޓު ލާފައިވަނީ1719 މީހުންނެވެ. ވޯޓު ކަރުދާސްތަކުގެ ތެރެއިން، 100 އަށް ވުރެ ގިނަ ވޯޓު ކަރުދާސް ބާތިލެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments