މާވަށުގެ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީ ކެނޑިޑޭޓް އަހުމަދު މޫސާ؛ މެޖޯރިޓީ ޕީއެންސީއަށް!

Maavashuge council ge raees kamah PNC candidate Ahmed Moosa, Majority PNC ah!

ލާމު މާވަށުގެ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު މޫސާ ހޮވިއްޖެއެވެ.

އޭނާ ހޮވިފައިވަނީ، 628 ވޯޓާއެކުގައެވެ. މެންބަރު ކަމަަށް ހޮވުނީ ޕީއެެންސީ ކެނޑިޑޭޓެއް ކަމަށްވާ އިބްރާހިމް ނަސީބް އަދި އެމްޑީޕީގެ އަހްމަދު އަޒްމީލްއެވެ. އަންހެނުންގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ނާސިހާ އަހްމަދު އަދި ފާތިމަތު ޝެހެނާޒް އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާކަން ކާމިޔާބުކުރީ ޕީއެންސީ އަށް ނިސްބަތްވާ އަސްރާ އިބްރާހީމެވެ. އެ ކޮމެޓީ އަށް މެންބަރުންގެ ގޮތުގައި ހޮވުނީ، ޕީއެންސީގެ މަރިޔަމް އިބްރާހީމް، މަރިޔަމް އާދިލާ، ޒުލައިޙާ އިބްރާހިމް އަދި އެމްޑީޕީގެ މަރްޔަމް މާއިޝާ އެވެ.

މާވަށުގެ އާބާދީގެ 80 އަށް ވުރެ ގިނަ އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted