ގާދޫގައި ބަންކަރިން ހިދުމަތް ތަރައްގީކުރުމަށް ދަނީ ތައްޔާރުވަމުން: މިނިސްޓަރު ސައީދު

Gaadhoo gai bunkerin hidhumaiy tharahgee kurumah dhanaa thayaaru vamun: Minister Saeed

ލ. ގާދޫގައި ބަންކަރިން ޚިދުމަތް ތަރައްޤީކުރުމަށް، ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ގާދޫގައި ބަންކަރިން ޚިދުމަތް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން، ސަރުކާރުގެ އަމާޒަކީ، މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ގާދޫގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއޭއެމްސީއީއާ ހަވާލުކުރީ، 2024 ވަނަ އަހަރުގައެވެ.

ގާދޫގައި މެރިޓައިމް ހަބް އެއް ތަރައްގީކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ. މެރިޓައިމް ހަބް އަކާއެކު، އޮފްޝޯ ބަންކަރިން، ކްރޫޒް ޓާރމިނަލް، ސުޕް ޔޮޓް މެރީނާ، އީކޯ ރިސޯޓް އަދި ޓްރާންޝިޕްމަންޓް ޕޯޓެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments