ގަމު ޕަމްޕް ސްޓޭޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން ނަޖިސް ފެން ބޭރުވެއްޖެ!
Gamu pump station ah dhimaavi mahsala akaa gulhigen najis fen beyruvehje!

ލ.ގަމު ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަނަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ރަށުގެ ބައެއް ސަރަހައްދުތަކަށް ނަޖިސް ފެން ބޭރުވެެއްޖެއެވެ.
މި މައްސަލައާ ގުޅިގެން ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ، މިއީ މީގެ ކުރިންވެސް އެތައް ފަހަރަކު ފެންމަތިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ގިނަ އަހަރުތަކެއް ވެފައިވާއިރު، މިހާތަނަށް ދާއިމީ ހައްލެއް ލިބިފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިހާރު އެންމެ ބޮޑަށް ނަޖިސް ފެން ލީކުވަމުންދާ ސަރަހައްދުތަކަށް ވަގުތީ ހައްލެއް ގެނެސްފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
“ރަށުގައެއް ނެތް ޕަމްޕްތައް މަރާމާތު ކުރާނެ ސާމާނެއް، އަދި އައު ޕަމްޕްތަކެއް ރިޕްލޭސް ކުރެވޭނެ ގޮތެއްވެސް. މާލެ ކޮޅުން މި ތަކެތި ފޮނުވައިގެން ނޫނީ މިކަން ކުރެވޭކަށް ނެތް. އެކަމަކު މިކަމުގައި އެކަށީގެންވާ ވަރަށް އެއްބާރުލުން ނުލިބޭކަން ހިތާމައާއެކު ފާހަގަކުރަން،”
މިކަމާއި ގުޅިގެން ގަމު ފެނަކައިން ބުނީ، މިވަގުތަށް މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ.




