ފޮނަދޫ ފެނަކައިން އަޅާފައި އޮތް ކޭބަލް އެއް ވަގަށް ނަގައިފި
Fonadhoo fenaka in alhaafai oiy cable eh vagah nagaifi

ލާމު ފޮނަދޫ ފެނަކައިން އަޅާފައި އޮތް ކޭބަލް އެއް ވަގަަށް ނަގައިފިއެވެ.
ލާމު އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ވަގަށް ނެގި ކޭބަލް އަކީ،ފޮނަދޫގެ ކަރަންޓުގެ ހިދުމަތް ނުލިބި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިވާ ކޭބަލްގެ ތެރެއިން ކޭބަލްއެކެވެ. މައުލޫމާތު ލިބޭ ގޮތުގައި،ކޭބަލް ވަގަށް ނަގާފައިވަނީ ޓްރާންސްފޯރމަރ އަށް ގުޅުމަށް ވަޅުނުލައި އޮތް ބައެެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ފޮނަދޫ ފެނަކަ ބުރާންޗުގެ ސްޓޭޝަން މެނޭޖަރ އާ ގުޅުމުން ވިދާޅުވީ، ކޭބަލްއެއް ވަގަށް ނަގައިގެން އުޅޭ ކަމަށެވެ. އެހެންނަމަވެސް އިތުރު މައުލޫމާތެއް އެއްވެސް ވަރަކަށް ނޭނގޭ ކަމަށް ސްޓޭޝަން މެނޭޖަރ ވަނީ ވިދާޅުވެފައެވެ.
މިކަން ހިނގައިދިޔަ ގޮތް ފޮނަދޫ ބުރާންޗުގެ ސްޓޭޝަން މެނޭޖަރަށް އެނގިފައިނުވާތީ،މިކަމާ ބެހޭ އިތުރު ތަފްސީލެއް ލާމު އެމްވީއަށް ސާފުވާގޮތެއް ނުވިއެވެ.




