ގަމުން ރުއް ބޭރުކުރުމުގެ ހުއްދަ ބާތިލްކޮށްފި: އާ ކައުންސިލްގެ ފުރަތަމަ ނިންމުން

Gamun ruh beyrukurumuge huhdha baathilkoffi: Aa council ge furathama ninmun

ގަމުން ބޭރަށް ރުއްގަސް ގެންދިއުމަށް މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ހުއްދަތަކެއް ބާތިލްކޮށް، އެކަން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށް ގަމު ކައުންސިލުން ނިންމައިފިއެވެ. މިއީ އެ ރަށުގެ އާ ކައުންސިލް އިންތިޚާބުވުމަށްފަހު ނިންމި އެންމެ ފުރަތަމަ މުހިންމު ނިންމުމެވެ.

ގަމު ކައުންސިލްގެ ރައީސް އަފްޞަލް ޖަޢުފަރު ސޮއިކުރައްވައި އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ، ގަމުން ރުއް ބޭރުކުރުމުގެ ކަންކަން ހަރުދަނާކޮށް، އެ މަސައްކަތް އިތުރަށް މޮނިޓަރ ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަށްޓަކައި ރުއް ބޭރުކުރުމުގެ ހުއްދަ ބާތިލް ކޮށްފައިކަމަށެވެ. އެހެންކަމުން، އިއްޔެއިން ފެށިގެން މީގެ ކުރިން ދޫކޮށްފައިވާ އެންމެހާ ހުއްދަތައް ބާތިލްކުރެވިފައިވާ ކަމަށް އެ އިޢުލާނުގައިވެއެވެ.

ކައުންސިލުން ހާމަކުރި ގޮތުގައި، މީގެ ފަހުން ގަމުން ރުއްގަސް ބޭރުކުރެވޭނީ ކައުންސިލުން އަލަށް އެކުލަވާލާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަލުން ހުއްދަ ހޯދުމަށްފަހުގައެވެ. މި ފިޔަވަޅަކީ ރަށުގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެއެވެ.

ގަމުން ގިނަ އަދަދަކަށް ރުއް ބޭރުކުރުމަކީ އެ ރަށުގެ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ރަށުގެ ގުދުރަތީ ރީތިކަމާއި ތިމާވެއްޓަށް މީގެ ސަބަބުން ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ބުނެ ރައްޔިތުން މީގެ ކުރިން ވަނީ ތަކުރާރުކޮށް ޝަކުވާ ހުށަހަޅާފައެވެ.

މި ނިންމުމާ ގުޅޭގޮތުން ގަމު ކައުންސިލްގެ ރައީސް ވިދާޅުވީ، ރައްޔިތުންނާއި، ރަށާއި، އަދި ހާއްސަކޮށް ތިމާވެއްޓާ ގުޅުންހުރި މިފަދަ ނިންމުންތައް ނިންމުމުގައި ކައުންސިލުން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ ރަށުގެ ވަސީލަތްތައް ހިމާޔަތްކޮށް، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މަސައްކަތް ބައްޓަންކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Laamu meeheh
Laamu meeheh
2 months ago

Koodi alhaa furifa huri ruh thakeh kaakutha gendhan beynun vegen ulhenee.. meege 8 aharu kurin iulaan koggen goathi dheefa huri dhima dhimaaluge maguthah hadhaa nimmaa goathi thakuge verinnah dhaaimee registry havaal kuriyyaa maa rangalhu vaane..