މިފަހަރުގެ އަޟްޙާ އީދު އުޟްޙިޔާ ކަތިލުން ހަތަރު ސަރަހައްދެއްގައި ކުރިއަށްދާނެ – ގަމު ކައުންސިލ

Mifaharu Al’haa Eid Udhiya kathilun 4 sarahahdheggai kuriyahdhaane - Gamu Council

1447 ވަނަ އަހަރުގެ އަޟްޙާ އީދުގެ މުނާސަބަތުގައި ބާއްވާ އުޟްޙިޔާ ކަތިލުމުގެ ހަރަކާތް، މިފަހަރު ހަތަރު ސަރަހައްދެއްގައި ބޭއްވުމަށް ގަމު ކައުންސިލުން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ދާނީ އީދު ނަމާދަށް ފަހުގައެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އުޟްޙިޔާ ކަތިލުމުގެ ކަންކަން ކުރިއަށްދާނެ ހަތަރު ސަރަހައްދަކީ:

  1. ތުނޑި އަވަށުން: ވިލާ ކޮލެޖް ބަށިކުޅޭބިން
  2. މާހިންނަ ސަރަހައްދުން: ކައުންސިލް އިދާރާ ދޮރުމަތީގައި
  3. މަތިމަރަދޫ އަވަށުން: ގޯނި ބީޗް ސަރަހައްދު
  4. މުކުރިމަގު އަވަށުން: ބަނދަރު މަސްކަނޑާތަން

ގަމު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ އަޟްޙާ އީދުގައި އުޟްޙިޔާ ކަތިލުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެންމެ ސަރަހައްދެއްގައެވެ. ނަމަވެސް، މި ފަހަރު ހަތަރު ސަރަހައްދަކަށް މި ހަރަކާތް ބަހާލީ، ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައެވެ.

އީދުގެ އުފަލާއި މި ދީނީ މުހިންމު ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments