މިފްކޯއިން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި
MIFCO in mas ganna agu 18.50 rufiya ah bodukoffi

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން އެ ކުންފުނިން މަސްވެރިންގެ އަތުން މަސް ގަންނާނީ ކިލޯއެއް 18.50 ރުފިޔާގެ މަގުންނެވެ. މިއީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެކެވެ.
މި އާ އަގުގައި މަސް ގަތުމުގެ އިންތިޒާމު މިފްކޯގެ މައި މަރުކަޒުތައް ކަމަށްވާ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލަކު ސިޓީގެ ބަނދަރުތަކުން ވެސް މިއަދުން ފެށިގެން 18.50 ރުފިޔާއަށް މަސް ގަންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ސަރުކާރުގެ މުހިންމު އެއް އަމާޒަކީ މަސްވެރިން ބާރުވެރިކުރުވައި، މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.




