ބައިނަލް އަޤްވާމީ“ ދުވަސްވީ މީހުންގެ ދުވަސް ”ލ . ފޮނަދޫ ފެމެލީ ސެންޓަރުން ފާހަގަކޮށްފި

Bainal Agwaamee "Dhuvasvee Meehunge Dhuvas" L.Fonadhoo Family Center in faahaga kohfi

ބައިނަލްއަގުވާމީ ދުވަސްވީ މީހުންގެ ދުވަސް ލ. ފޮނަދޫ ފެމެލީ ސެންޓަރުން ކުލަގަދަކޮށް ފާހަގަކޮށްފި
ލ. ފޮނަދޫ: ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި، ލ. ފޮނަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން އިސްނަގައިގެން އެ ރަށުގެ އިސްރަށްވެހިންނަށް ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ އެންމެ މުހިންމު އެއް ހަރަކާތަކީ އުމުރުން 50 އަހަރުން މަތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެވެ. މި ސެޝަން ބާއްވާފައިވަނީ 19 ޖޫން 2026 ވީ ހުކުރު ދުވަހު، ލ. ފޮނަދޫ އިޖުތިމާއީ މަރުކަޒުގައެވެ.
މި ހަރަކާތުގައި އެ ރަށުގެ ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ޖުމްލަ 81 އިސްރަށްވެހިން މި ސެޝަނުގައި ބައިވެރިވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށާއި، ދުވަސްވީ އުމުރުގައި ދިމާވާ އެކި ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާފައިވެއެވެ.
ފޮނަދޫ ފެމެލީ ސެންޓަރުން ހާމަކުރި ގޮތުގައި، މިފަދަ ސެޝަނެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ދައުރު ފާހަގަކޮށް، އެބޭފުޅުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން، އިސްރަށްވެހިންނަކީ މުޖުތަމައުގެ އަގުހުރި ރައުސްމާލެއްކަން ހާމަކޮށް، އެބޭފުޅުންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި އާލާކުރުމަކީވެސް މި ހަރަކާތުގެ އެއް ބޭނުމެވެ.
މި ސެޝަން ނިމިގެންދިޔައީ ބައިވެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަކާއެކުގައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އިސްރަށްވެހިންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން ވަރުގަދަވެ، އެކަނިވެރިކަމުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމަށް އެ ސެންޓަރުން އުންމީދު ކުރެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments