ދިވެހިރާއްޖެއިން ކޮމްބެޓް އިންސްޓްރަކްޓަރ ކޯސް ފުރިހަމަކުރި ފުރަތަމަ ފަރާތުގެ ޝަރަފު ގަމު ރަމީޒަށް

Dhivehi rajjein combat instructor course furihamakuri furathama faraathuge sharafu Gamu Rameez ah

ދިވެހިރާއްޖެއިން ކޮމްބެޓް އިންސްޓްރަކްޓަރ ކޯސް ފުރިހަމަކުރި ފުރަތަމަ ފަރާތުގެ ޝަރަފު، ލ. ގަމު މުކުރިމަގު، އޯކިޑް ވިލާ، ސާރޖަންޓް ފަސްޓް ކްލާސް ޙުސައިން ރަމީޒު ހޯއްދަވައިފިއެވެ. މިއީ ރާއްޖޭގެ އަސްކަރީ ތާރީޚުގައި މިފަދަ ކޯހެއް ދިވެއްސަކު ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީއާ ގުޅިގެން ލ. ގަމު ކައުންސިލުން ވަނީ ސާރޖަންޓް ފަސްޓް ކްލާސް ޙުސައިން ރަމީޒަށް ޚާއްޞަ ތަހުނިޔާއެއް ފޮނުއްވާފައެވެ. ގަމު ކައުންސިލުން ހާމަކުރި ގޮތުގައި، ރަމީޒު ހޯއްދެވި މި ފަޚުރުވެރި ކާމިޔާބީއަކީ މުޅި ރަށަށާއި އަތޮޅަށް ލިބުނު ވަރަށް ބޮޑު ރީތި ނަމެކެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ”ދިވެހިރާއްޖެއިން ކޮމްބެޓް އިންސްޓްރަކްޓަރ ކޯސް ފުރިހަމަކުރި ފުރަތަމަ ފަރާތުގެ ޝަރަފު ހޯދައި، ރަށަށް ރީތި ނަން ހޯދައިދެއްވިކަމަށްޓަކައި، ސާރޖަންޓް ފަސްޓް ކްލާސް ޙުސައިން ރަމީޒަށް ތަހުނިޔާއާއި ޝުކުރު ދަންނަވަން“ ކަމަށެވެ.

ރަމީޒް ކޮމްބެޓް އިންސްޓްރަކްޓަރ ކޯސް ފުރިހަމަ ކޮށްފައިވަނީ ޔޫއެސް އިންފެންޓްރީ ސްކޫލުންނެވެ.

ކޮމްބެޓް އިންސްޓްރަކްޓަރ ކޯހަކީ އަސްކަރީ ދާއިރާގައި ވަރަށް މަތީ ފަންތީގެ ތަމްރީނުތަކެއް ހިމެނޭ، އުނދަގޫ ކޯހެކެވެ. ރަމީޒު މި ކޯސް ފުރިހަމަކުރެއްވުމަކީ ދިވެހި ސިފައިންގެ ތަމްރީނުތަކާއި ޤާބިލުކަން އިތުރުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted