ހިތަދޫގައި އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަނީ
Hithadhoogai issrahvehinge dhuvas faahagakuranee

ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙައްދުންމަތީ ހިތަދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ހިތަދޫ ކައުންސިލުން ޢާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ދުވަސް ފާހަގަކުރުމަށް ރޭވިފައިވާ ޙަރަކާތްތައް ކުރިއަށްދާނީ ހިތަދޫ ވޯޓަރ ޕާކް ސަރަޙައްދުގައެވެ.

މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 19:00 އާ ހަމައަށް ވޯޓަރ ޕާކް ސަރަޙައްދުން އެއްވެސް ބުކިންއެއް ދޫނުކުރެވޭނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.




