ފުޓްބޯޅަ ލާމަރުކަޒުކުރަން ރީޖަނަލް އެސޯސިއޭޝަން އުފައްދަން އެފްއޭއެމުން ނިންމައިފި

Football Laamarukaz Kuran Regional Association Ufadhan FAM Ninmavaifi

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތަކެއް އުފައްދައި، އެ ކުޅިވަރު ހިންގުން ލާމަރުކަޒުކުރަން އެފްއޭއެމުން ފުރަތަމަ ފިޔަވަޅު އަޅައިފި އެވެ.

އިއްޔެ ބޭއްވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ހަތަރު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އުފައްދަން ނިންމައިފަ އެވެ. އެއީ ނޯތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، އަދި ސައުތު ރީޖަން އެސޯސިއޭޝަން އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅަ ލާމަރުކަޒީކުރުމުގެ ބިންގާ ކަމަށާއި، ދެން އޮންނަނީ އަލަށް އުފައްދާ އެސޯސިއޭޝަންތަކުގެ އޮނިގަނޑު އެކުލަވާލައި، އިންތިހާބީ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.

”އެ އެސޯސިއޭޝަންތައް ހިންގަން އިންތިހާބުކުރާނެ ބަޔަކާއި، އެ ހުރިހާ ކަމެއް ވެސް ނިންމާނީ އެ ސަރަހައްދެއްގެ ރަށްތަކުން. ފުރަތަމަ މާލީ އެހީތެރިކަން ބޭނުންވާނެ. އެކަމަކު ފަހުން ފައިސާ ވެސް ޖެނެރޭޓްކުރާނީ އެ ހަމަ އެސޯސިއޭޝަނަކުން،“ ޒަރީރު ވިދާޅުވި އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments