ފޮނަދޫގެ ފަސް އަހަރުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

Fonadhoo fass aharuge tharahqeege plane thahyaarukohdheyne faraatheh hoadhanee

ލ. ފޮނަދޫ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މި މަސައްކަތަކީ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭންޖެހޭ މަސައްކަތެކެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ބީލަމުގައި ރަޖިސްޓްރީވެ، ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ބިޑު ޑޮކިއުމެންޓްގެ އަގަކީ 150 ރުފިޔާއެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ރަޖިސްޓްރީވުމަށް ކައުންސިލުން ކަނޑައަޅާފައިވާ ގޫގްލް ފޯމް ފުރިހަމަކުރަން ޖެހެއެވެ.

މި ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ވަކި ބައްދަލުވުމެއް ނުބާއްވާނެ ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް، ބީލަމާ ބެހޭ މަޢުލޫމާތު ކަރުދާސް ސަރުކާރުގެ ގެޒެޓްގައާއި ފޮނަދޫ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ އީމެއިލް އެޑްރެހަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ފޮނަދޫ ކައުންސިލްގެ މީޓިންގ ރޫމްގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް އެނގޭނޭ ގޮތަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments