ބޮޑުފިނޮޅު ރުއްތައް ވަރުވާއަށް ދޫކުރުމަށް ގަމު ކައުންސިލުން އިޢުލާނުކޮށްފި
Bodufinolhu ruhthah varuvaa ah dhookurumah gamu councilun iulaanukohffi

ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާއިން ބޮޑުފިނޮޅުގައި ހުރި ރުއްތައް ފަސް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ނިންމައި، އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ގަމު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް 29 ޖުލައި 2026 އިން ފެށިގެން 05 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ހުށަހެޅޭނެއެވެ. ރަޖިސްޓްރީވުމަށްޓަކައި ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ [email protected] އަށް މެއިލް ކުރެއްވުމަށް ކައުންސިލުން އެދިވަޑައިގަންނަވައެވެ.
ބީލަން ހުށަހެޅުން އޮންނާނީ 10 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި ލ. ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ. އަދި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ކަމަށްވެސް ކައުންސިލުން ބަޔާންކުރެއެވެ.
މި ބީލަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް 10 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ 12:00 އާ ހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މަޢުލޫމާތު ސާފުކުރުމަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ 7611515 ނަންބަރު ފޯނާ ގުޅުއްވުމަށް ގަމު ކައުންސިލުން އިރުޝާދު ދެއްވައެވެ.




