އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާން ބާކީ ދެ ދުވަސް

ufehdhuntherikamuge maurazugai baiverivumuge muhdhathu hamavaan baakee dhe dhuvas

“ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގެ ވާދަކުރުމުގެ ބައިގައި ރަށްތަކާއި ސިޓީ ކައުންސިލްތަކުގެ ދާއިރާއިން ބައިވެރިވުމުގެ މުއްދަތު ހަމަވުމަށް ދެ ދުވަހަށް ވެއްޖެއެވެ.

މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ވިދާޅުވި ގޮތުގައި މި އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. މިއީ 2025 ވަނަ އަހަރު ބޭއްވި އެކްސްޕޯގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

މި އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވުމާއެކު، ބީސީސީގެ އަމާޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށާއި މާކެޓް ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުސަތަށް މި އަހަރު ހެދުމެވެ. މި މައުރަޒުގެ މައިގަނޑު މަޤްސަދަކީ ދިވެހީންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް މާކެޓްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެންގެވުމާއެކު ބީސީސީން އިންތިޒާމުކުރާ މި މަޢުރަޒުގައި ބައިވެރިވުމަށް އެދި expo.mv ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އަދި ބައިވެރިވުމާ ގުޅޭ އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments