ގައުމީ ގުރްއާން މުބާރާތުގެ ފައިނަލަށް 140 ބައިވެރިން ހޮވިއްޖެ

Qaumee Quran mubaaraathuge final ah 140 baiverin hovihjje

ކީރިތި ގުރްއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ފައިނަލް ބުރުން 140 ބައިވެރިން ޖާގަ ހޯދައިފިއެވެ. މި ހިނގާ މަހުގެ 10 ވަނަ ދުވަހު ފެށި މިމުބާރާތުގެ ސެމީ ފައިނަލް ބުރުގައި ޖުމްލަ 379 ބައިވެރިން ވާދަކޮށްފައިވެއެވެ.

ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ތެރޭގައި ހިމެނެނީ ނުބަލައި ކިޔެވުމުގެ ބައިން 62 ބައިވެރިންނާއި، ބަލައިގެން ކިޔެވުމުގެ ބައިން 68 ބައިވެރިންގެ އިތުރުން ހާފިޒުންގެ ބައިން ވާދަކުރި 10 ބައިވެރިންނެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ މުބާރާތުގެ އޮނިގަނޑަށް މުހިންމު އަދި އެދެވޭ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުގައެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަހައްދެއްގައި އޮޑިޝަން ބުރު ކުރިއަށް ގެންގޮސްފައިވާއިރު، މި އޮޑިޝަންތަކުގައި ޖުމްލަ 2،742 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުން މާދަމާއިން ފެށިގެން ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު މަތިކޮށް، ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ މުބާރާތަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted