ރާސް ޗެމްޕިއަންޝިޕަށް ގަމުގެ މަގެއް ބަންދުކުރަނީ
Raas championship ah gamuge mageh bandhukuranee

ސެޕްޓެމްބަރު 18 އިން 19 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރާސް ޗެމްޕިއަންޝިޕްގެ ތައްޔާރީތަކާއި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ލ. ގަމުގެ މަގެއް ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.
މަގު ބަންދުކުރާ ވަގުތާއި ސަރަޙައްދު
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ، މި މުބާރާތާ ގުޅިގެން 17 ސެޕްޓެމްބަރުގެ 13:00 އިން ފެށިގެން 19 ސެޕްޓެމްބަރުގެ 20:00 އާ ހަމައަށް މަގު ބަންދުކުރެވޭނެ ކަމަށެވެ.

މި މުއްދަތުގައި ބަންދުކުރުމަށް ހަމަޖެހިފައިވަނީ އާރު.ޑީ.ސީ (RDC) އޮފީހުން ފެށިގެން މަގު ކޮޅާ ހަމައަށް އޮތް ސަރަޙައްދެވެ. ގަމު ކައުންސިލުން ވަނީ މިކަން އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ހިއްސާކޮށްފައެވެ.




