ގަމުގައި ފިޓްނަސް އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯހެއް ބާއްވަނީ

Gamugai fitness instructorun thamreenukurumuge course eh baahvanee

ލ. ގަމުގައި ފިޓްނަސް އިންސްޓްރަކްޓަރުން ތަމްރީނުކުރުމަށް ހިންގާ ”ބޭސިކް ފިޓްނަސް އިންސްޓްރަކްޓާސް ކޯސް“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯހަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި އޭޝިއާ-ޕެސިފިކް ވޯލްޑް ކަލްޗާ އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2026 އިން ފެށިގެން 22 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ. މި ކޯހުގެ ބައިވެރިން ތަމްރީނުކުރުމުގެ ސެޝަންތައް ކުރިއަށްދާނީ ލ. ގަމުގައެވެ.

ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 13 އޮކްޓޫބަރު 2026 އެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ކިއުއާރް ކޯޑު މެދުވެރިކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted