ކުރިއަށް އޮތް 3 ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ؛ ކަނޑުތައް މަޑުވާނެ: މެޓްް

Kuri ah 3 dhuvahu mulhi raajje ah vihsaara; kanduthah maduvaane:Met

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރަށް ވިއްސާރަކުރާނެ ކަމަށާއި، ދެކުނަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.މުޅި ހަފުތާ ބަންދުގައިވެސް، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އިން ލަފާކޮށްފައިވާއިރު، އެ އިދާރާއިން ބުނީ އާދައިގެ ވަރަކަށް ވަޔާއި ކަނޑުތައް ވެސް މަޑުވާނެ ކަމަށެވެ.ވައި ޖެހޭނީ 3 މެލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވައި ޖެހޭނީ30 މޭލުގެ ބާރު މިނުގައި ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.

މިހާރު މި ހިނގަނީ އައްސިދަ ނަކަތައެވެ. މި ދުވަސްވަރު ވައި ހުންނާނީ ހުޅަނގުންނެވެ. ނަމަވެސް ވައި ވަރަށް މަޑުވާނެއެވެ. ގިނަ ފަހަރަށް މި ނަކަތުގައި ކުއްލި ކުއްލިއަށް ވިލާގަނޑު އަރައި ބޯކޮށް ވާރޭވެހިފައި، ދެން ވަރަށް ބޮޑަށް އަވީގެ ހޫނުގަދަވާނެއެވެ. މިއީ މަސްވެރިކަން ދަށް ނަކަތައެކެވެ،

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments