ކޮންމެ ބިދޭސީއަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ނިންމަނީ

Konmme bidheyseeakah 1 Sim cardahvure ithurah dhoonukuraa gothah ninamanee

ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ސްކޭމް ހުއްޓުވުމާއި ސިމް ދޫކުރުމުގެ އުސޫލު ހަރުދަނާކުރުން

ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ގާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، އަންސްކިލްޑް ބިދޭސީންގެ ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވެސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ސަރުކާރުން ނިންމެވި މި ނިންމެވުމަކީ ރާއްޖޭގައި މިހާރު އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެޅިގެންދާނެ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted