ފޮނަދޫ ކައުންސިލް ރައީސް ރިޔާޒް، ފެނަކަ އަދި އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
Fonadhoo council raess Riyaaz fenaka adho MTCC ge isverinna bahdhalukurahvaiffi

ލ. ފޮނަދޫގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒް، ފެނަކަ ކޯޕަރޭޝަނާއި އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ބޭއްވުނު ބައްދަލުވުމުގައި، އެ ކުންފުންޏާ ހަވާލުކުރެވިގެން ފޮނަދޫގައި ކުރިއަށްދާ މަސައްކަތްތައް އަވަސްކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް، ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ނުނިމި ހުރި މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމުމަށް މި ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ.

މީގެއިތުރުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއެކު ބޭއްވުނު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ފޮނަދޫ އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލިބުމުގައި ހުރި ދަތިތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުންނެވެ.
މި ދެ ބައްދަލުވުމުގައިވެސް ފޮނަދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒް ބައިވެރިވެވަޑައިގެންނެވި އިރު، ފޮނަދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.




