ފޮނަދޫގައި ޝައިޚް ޢާޒިމް ޚާލިދުގެ ބެލެނިވެރިންގެ ޚާއްޞަ ސެޝަނެއް ހުކުރު ދުވަހުގެރޭ

Fonadhoogai sheikh Azim Khalidhge khaassa session eh hukuru dhuvahugerey

ލ. ފޮނަދޫގައި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން، ލ. ފޮނަދޫ ކައުންސިލާއި އިލްމު އެމްވީ ގުޅިގެން، މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢާޒިމް ޚާލިދު ނަންގަވައިދެއްވާ ޚާއްޞަ ސެޝަނެއް އަންނަ ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

”ބަސްއަހާ ދަރިފުޅު“ މި މަޢުޟޫޢަށް ކުރިއަށްގެންދާ މި ސެޝަން އޮންނާނީ އޮކްޓޯބަރު 16 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި، ފޮނަދޫ މެދުއަވަށު އިޖުތިމާޢީ މަރުކަޒުގައެވެ.

މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދަރިންގެ ކިބައިގައި އަށަގަންނުވަންވީ ރިވެތި އަޚުލާޤާއި އަދަބުތަކުގެ މައްޗަށެވެ. އަދި އެފަދަ ރަނގަޅު އާދަތަކާއި ސިފަތައް ކުދިންގެ ކިބައިގައި ހަރުލެއްވުމަށްޓަކައި ބެލެނިވެރިން ޢަމަލުކުރަންވީ އެންމެ އެކަށޭނަ ގޮތްތަކާއި އުކުޅުތައް ބެލެނިވެރިންނާ ހިއްސާކުރުމަށް ވަނީ ނިންމާފައެވެ.

މި ސެޝަނުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ޖުމްލަ 50 ބެލެނިވެރިންނަށެވެ. މިއީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އިންތިޒާމުކުރެވޭ ސެޝަނެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted