ބޮޑު ތަފާތަކުން ގަމު ކައުންސިލްގެ ގޮނޑި އެމް.ޑީ.ޕީން ކާމިޔާބުކޮށްފި

ގަމު ކައުންސިލްގެ މެމްބަރު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމް.ޑީ.ޕީގެ ކެންޑިޑޭޓް އަފްޞަލް ޖައުފަރު ކާމިޔާބު ކޮށްފިއެވެ.

އަފްޞަލް މި އިންތިޚާބު ކާމިޔާބު ކުރީ ޕީ.އެން.ސީގެ ކެންޑިޑޭޓު ޢަލީ ނަޝީދާއި ވާދަކޮށް ޖުމްލަ 894 ވޯޓު ހޯދައިގެންނެވެ. ޢަލީ ނަޝީދަށް ލިބުނީ 644 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އާއްމުކޮށްފައިވާއިރު، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ 3671 މީހުންގެ ތެރެއިން، މި އިންތިޚާބުގައި ވޯޓު ލާފައިވަނީ 1566 މީހުންނެވެ. އެއީ 42.66 އިންސައްތަ މީހުންނެވެ. ޞައްޙަ ވޯޓުގެ ޖުމްލަ އަކީ 1538 އެވެ. އަދި 28 ބާތިލް ވޯޓު ހިމެނެއެވެ.

ގަމު ކައުންސިލްގައި މިހާރު ތިބި ހަ މެމްބަރުންނަކީ ވެސް އެމް.ޑީ.ޕީގެ މެމްބަރުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments